ރާއްޖޭގެ 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކުވެއިތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިން އޮފް ހެލްތް ސެކްޓާ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހޮސްޕިޓަލް އިމާރާތް ކުރާ ރަށްތައް:
– ހދ.ހަނިމާދޫ
– ށ.މިލަންދޫ
– ނ.ވެލިދޫ
– ކ.ތުލުސްދޫ
– އދ.މާމިގިލީ
– ވ.ފެލިދޫ
– ތ.ވިލުފުށީ
ބިޑު ހުޅުވުން އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހުގެ 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.
Post Views: 25