ކުރިޔަށް އޮތް ދައުރުގައި ގދ.މަޑަވެލީގައި ބިން ހިއްކައި އެ ރަށާއި ހާދޫއާ އެއްކޮށްލަދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މަޑަވެއްޔަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި މަޑަވެލީގެ ބިން ހިއްކައި އެ ރަށާއި ހާދޫ އެއްކޮށްލުމުގެ އިތުރުން ރަށުން ގޯތި ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އަދި ބޯހިޔާވެހި ކަމަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން ރޯހައުސް އާއި ފްލެޓްވެސް މަޑަވެލީގައި އަޅައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޑަވެލީގައި އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އަދި މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.