ނިމިގެން ދިޔަ އަހަރަށްވުރެ 2023 ގައި ދުނިޔެއަށް ކުރިމަތިވާ އިގްތިސާދީ ގޮންޖެހުން ބޮޑުވާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފްގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖިއޭވާ އަންދާޒާކުރައްވާ ގޮތުގައި ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މި އަހަރު އޮންނާނީ ރިސެޝަންގައެވެ.
އެމެރިކާ، ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާގެ ކުރިއެރުން މަޑުޖެހިފައިވާތީ، ދުނިޔޭގެ އިގްތިސާދުގެ ބޮޑު ބަޔަކަށް މި އަހަރަކީ 2022 ވަނަ އަހަރަށްވުރެ އިގްތިސާދީގޮތުން ތަދު އަހަރަކަށްވާނެކަމަށް ކްރިސްޓަލިނާ ލަފާކުރައްވައެވެ.
Post Views: 113