ގއ.މާމެންދޫ ސްކޫލް އައު އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވައިފި

314156_29c3ddb2-7_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގއ. މާމެންދޫ ސްކޫލުގެ އައު ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އެ ޢިމާރާތް ހުޅުއްވައިދެއްވީ، މިހާރު އެމަނިކުފާނު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެރަށަށް ވަޑައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މާމެންދޫ ސްކޫލުގެ އައު އިމާރާތަކީ ޖަޕާނުގެ އެހީގައި ބިނާކުރި ޢިމާރާތެކެވެ. ދެކުލާސް ރޫމް ހިމެނޭ މިޢިމާރާތުގެ މަސައްކަތްކޮށްފައި ވަނީ، ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *