ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްގަނީ އެމްޑީޕީއާ ގުޅެން ނިނމަވައިފިއެވެ.
ހަމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި، އަދި އެމްޑީޕީއާވެސް ގުޅެން ނިންމާފައިވާ ކަމަށެވެ.
ޖޭޕީގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވުމަށްފަހު ހަމަދު އެމްޑީޕީއަށް ސޮއިކުރައްވާފައިވާއިރު، އެ ޕާޓީ ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީޕީއާ ގުޅިފައެވެ.
Post Views: 72