އެމްޑަބްލިއުއެސްސީން ބ.މާޅޮހުގައި ފެނުގެ ނިޒާމު ގާއިމުކޮށް، ހިދުމަތް ދޭން ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ބ.މާޅޮހުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި، ޓެސްޓުކޮށް ކޮމިޝަންވެސް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި 4.94 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބަހެއްޓައި، ފެން ރައްކާ ކުރުމަށް ތިން ތާންގީ ވަނީ ބަަހައްޓާފައެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ވަނީ ފޯރުކޮށްދީފައެވެ.
ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި ރަށުގައި 4.50 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިން ސްޓޭޝަނާއި، ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި މަޝްރޫއަށް 60.45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.