ޕީއެސްއެމް އިން ބާއްވާ ރިޔާސީ ބަހުސް އަންނަ މަހު 1 ގައި

F3HHPkQaMAAdqOw

ޕީއެސްއެމް އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން މެދުގައި ބާއްވާ ރިޔާސީ ބަހުސް އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ބަހުސްއެއް ބާއްވާނެ ކަމަށާއި، މި ބަހުސް އޮންނާނީ އެ ދުވަހުގެ ރޭގަނޑު 10:00 އިން ފެށުގެން 11:00 ޖަހަންދެން ކަމަށެވެ.

ރިޔާސީ ބަހުސްއަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންނަށް ދައުވަތު ދީފައިވާއިރު، ހުރިހާ ކެންޑިޑޭޓުންވެސް ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޕީއެސްއެމް އިން ބުނެއެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން މި މަހުގެ ތެރޭގައި ޓޯކް ޝޯއެއް ބާއްވާނެ ކަމަށްވެސް ޕީއެސްއެމްއިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *