ތިލަފުށި، ވިލިމާލެ އަދި މާލެ ގުޅާލުމަށް ހަދާ ބްރިޖުގެ ތަނބުތައް ކަނޑަށް ފެއްތުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ، ބްރިޖްގެ ޕައިލިން މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށާއި، އަދި ބްރިޖްގެ ސުޕާ ސްޓްރަކްޗާގެ މަސައްކަތްވެސް ފެށިގެން ކުރިޔަށްދާ ކަމަށެވެ.

"ދެވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" ވަނީ "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިލިއާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ވަނީ ފަށާފައި" އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.
މި މަޝްރޫއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައިވާއިރު، 400 މިލިއަން ޑޮލަރު އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ވަނީ ހަމަޖެހިފައެވެ. މަޝްރޫއަށް ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާނެވެ.
Post Views: 86