ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މާދަމާ އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީން ބުނީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މާދަމާ އިރު އޮއްސި 6 ޖަހާއިރު އަސްލަމް އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށާއި، އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި މަރުހަބާ ދެންނެވުން ކުރިޔަށްދާނެ ކަމަށެވެ.
މިއީ ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިފަހުން އައްޑޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އައްޑޫގެ އެކި ރަށްރަށަށްް ވަޑައިގެން ކެމްޕޭން ހަރަކާތްތަކުގައި އަސްލަމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
Post Views: 72