ހުޅުމާލެއިން ގޯތި ދިނުމަށް ބޭނުންވާ ބިމާއި، ދިޔަނެރު ފަޅު އަދި ތިލަފުއްޓަށް ބޭނުންވާ ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ ހަވާލުކޮށްފިއެވެ.
އާބަންކޯއިން ބުނީ، ސީއެމްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް އާބަންކޯއިން ބުނެއެވެ. އަދި އާބަންކޯގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.