ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާގައި ރޭ ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ރޭގެ މުޒާހަރާއިން ޖުމްލަ 15 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެނުންނާއި، ފަސް އަންހެނުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް 11 އަހަރަށް ޖަލަށްލުމަށް ހުކުމެއް އިއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
Post Views: 55