މުއިއްޒުގެ ކެމްޕޭނުގައި އަދާލަތުގެ ކުލަ ބޭނުންކުރާތީ އަލީ ނަޒީރުގެ ނުރުހުން!

photo_2023-08-26_20-59-19

ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާތީ އެ ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ނުރުހުން ފާޅުކުރައްވައިފިއެވެ.

އަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ.މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމަކަށްވާތީ އެކަން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.

ޑރ.މުއިއްޒުގެ ކެމްޕޭނުގައި އެހެން ޕާޓީތަކަށް ހުރަސްއަޅާ ކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ. މިގޮތުން މާލޭ މޭޔަރުކަމުގައި މުއިއްޒު ހުންނަވައި އެމްޑީޕީން މާލޭގައި އިވެންޓެއް ބޭއްވުމަށް ފުރުސަތު ނުދޭ ކަމަށާއި، އަދި މާލޭގެ މަޖީދީ މަގު ހަލާކުކޮށްގެން ބެނާތައް ހަރުކުރުމުން އެކަމުގެ ކަންބޮޑުވުންވެސް އެމްޑިޕީން ވަނީ ފާޅުކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ އިންތިހާބަށް އެންމެ ފޯރީގައި ކެމްޕޭން ކުރަމުން އަންނަނީ އެމްޑީޕީ އާއި ޕީއެންސީންނެވެ. ނަމަވެސް ލެމްޕޭނު ކުރުމުގައި އެމްޑީޕީ އޮތީ އެހެން ހުރިހާ ޕާޓީއަށްވުރެވެސް ކުރީގައެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓް ރައީސް ސޯލިހު ވަނީ މިހާތަނަށް 100 އަށްވުރެ ގިނަ ރަށަށް ކެމްޕޭނުގައި ދަތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *