ރައީސްގެ ވައުދު ދިޔަމިގިއްޔަށް: ބިން އިތުރުކޮށް ފްލެޓް ނުވަތަ ރޯހައުސް އަޅައިދޭނަން

IMG_5965

ކުރިޔަށް އޮތް ދައުރުގައި ތ.ދިޔަމިގިލިއަށް ބިން އިތުރުކޮށް، ރަށުގައި ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން ރޯހައުސް ނުވަތަ ފްލެޓް އަޅައިދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދިޔަމިގިއްޔަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ދައުރުގައި ދިޔަމިގިލި އާއި މެދުފުށި ގުޅާލައި، ދިޔަމިގިއްޔަށް ބިން އިތުރުކުރެވިގެންދާނެ ކަމަށައި، އަދި ރަށުގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް ނުވަތަ ރޯހައުސް އަޅައިދޭނެ ކަމަށެވެ.

މީގެއިތުރުން ދިޔަމިގިލީގެ ސްކޫލަށް މަލްޓި ޕާޕަސް ހޯލެއް އިތުރުކޮށް، ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އަޅައިދޭނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ދިޔަމިގިލީގެ ފަރުމަސްވެރިންނަށް ހާއްސަކޮށްގެން 10 ޓަނުގެ އައިސް ޕްލާންޓެއްވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *