ހދ.ކުޅުދުއްފުއްޓާއި، ގދ.ތިނަދޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީއާއެކު ސޮއިކޮށްފިއެވެ.
މި މަސައްކަތް ހެލްތު މިނިސްޓްރީން ޗައިނާ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 30 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް 38 މިލިއަން ޑޮލަރަށެވެ.
ނ.ފޮއްދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އިވޮރސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރުން pic.twitter.com/kh1NYMKXHz
— Ministry of Health (@MoHmv) August 30, 2023
މީގެއިތުރުން ނ.ފޮއްދޫ އާއި ނ.ކުޑަފަރީގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އިވޮރސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
ފޮއްދޫ އާއި ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 365 ދުވަސް ތެރޭގައި ނިންމަން އިވޮރސަންއާ ހަވާލުކޮށްފައި ވަނީ 24.75 މިލިއަން ރުފިޔާއަށެވެ.