އާބަންކޯއިން ޔޫތް މިނިސްޓްރީ އާއި އެކު ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާބަންކޯއިން ބުނީ، މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ފޭސް 2 ގައި ކަމަށާއި، އެގޮތުން ތިލަފުށިން 10 ހެކްޓަރގެ ބިން މި މަޝްރޫއަށް ހާއްސަކުރެވިގެންދަނެ ކަމަށެވެ.

މި އެއްބަސްވުމުގައި އާބަންކގެ ފަރަތުން ސޮއިކޮށްފައިވަނީ މެނެޖިން ޑިރެކްޓަރ އަހްމަދް އާތިފްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަޒްމޫން އަހްމަދު އެވެ. ހަމަ މިއާއެކު މި އެއްބަސްވުމުގައި ސޮއިކުރުމަށް ކުރިއަށްގެންދެވުނު ރަސްމިއްޔާތުގައި ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް މުހައްމަދު ޝާމިހް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަފްލާފައި ވާހަކަ ދައްކަވަމުން އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރު އާތިފް ވިދާޅުވީ، މިހާރު ހުޅުމާލެ ގައި ވަރަށް ދަތިކޮށް ކުރަމުން އައި ކަމެއް ހައްލުވެގެން، އިނަޓަނޭޝަނަލް ސްޓޭންޑާޑް ޓްރެކްއެއްގައި ރޭސް ކުރެވޭނެ ފުރުސަތު މިހާރު މިވަނީ ހަމަޖެހިފައި ކަމަށެވެ. އަދި މިއާއިއެކު ރޭސިންގް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް ވަނީ މިތަނުގެ ހަމަ އެކަނި ރޭސްޖެހުމުގެ ބަދަލުގައި މޮޓޯރ ސްޕޮރޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެކަމަށް ކަމަށްވެސް އާތިފް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް، އެކަށޭނެ ސަރަހައްދެއް މޮޓޯރ ސްޕޯރޓްސް އަށް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލެއް ހޯދަދިނުމެވެ.