ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް ޢިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިއަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫއަށް 9.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކުޑަހުވަދޫގައި ހައުސިން ޔުނިޓްތައް އިމާރާތްކުރުމަށް ޝައުގުވެރިކަން ފާޅުކުރަންޖެހޭނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ކޮށްދޭނެ ބަޔެކެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި މި މަޝްރޫއުގެ ބިޑްސެކިއުރިޓީގެ ގޮތުގައި -/260,000ރ (ދެލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ހުށަހަޅަން ޖެހެއެވެ.
Post Views: 29