އެމްޓީސީސީން މ.އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި

F5LDcrwbkAAnzPL

އެމްޓީސީސީން މ.އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކޮށް، އެ އަތޮޅުގައި ސްޕީޑް ފެރީ ހިދުމަތް ދޭން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، މ.އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް ދޭން ހޯމަ ދުވަހު ފަށާފައިވާ ކަމަށާއި، ފުރަތަމަ ހަފްތާގައި ސްޕީޑް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމާއިއެކު ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓިސީސީން ބުނެއެވެ. އަދި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމަށް އެމްޓީސީސީގެ ނަންބަރު 7955508 އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.

މީގެއިތުރުން ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކ،ު ޙިދުމަތް ދިނުމަށް ތައްޔާރު ކުރެވިފައިވާ ވެބްސައިޓުން (mv.mtcc.stl://https) އޮންލައިންކޮށް ޓިކެޓް ލިބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޙިދުމަތުގައި ބޭނުންކުރެވޭ ސްޕީޑް ފެރީތަކަކީ ޖުމްލަ 45 ފަސެންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތައް ކަމަށްވާއިރު، މި ހިދުމަތް ހަފުތާއަކު 3 ދުވަހު މ. އަތޮޅުގެ ހުރިހާ ރަށަކަށް ލިބިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *