ރައީސްގެ ވައުދު އުނގޫފާރަށް: ހައުސިން ޕްރޮޖެކްޓެއް ހިންގައި، ހުރިހާ މަގެއް ހަދައިދޭނަން

IMG_0638

ކުރިޔަށް އޮތް ދައުރުގައި ރ.އުނގޫފާރުގައި ހައުސިން ޕްރޮޖެކްޓެއް ހިންގައި، ރަށުގެ ހުރިހާ މަގެއް ހަދައިދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އުނގޫފާރަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ، އުނގޫފަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު ކުރިޔަށް އޮތް ދައުރުގައި އެ ރަށގައި ބޯހިޔާވެހިކަަމުގެ މައްސަލަ ހައްލުކުރަން ހައުސިން ޕްރޮޖެކްޓެއް ހިންގާނެ ކަމަށާއި، އަދި ރަށުގެ ހުރިހާ މަގެއް ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްދޭނެ ކަމަށެވެ.

އުނގޫފާރުގައި ޒަމާނީ ވަސީލަތްތަކާއެކު އައު ސްކޫލެއް އަޅައި، ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރާނެ ކަމަށާއި، އަދި ޒުވާނުން އެދޭ ގޮތަށް ރަށުގެ ފުޓުބޯލަ ދަނޑުގައި ރޮސްޓްރޮމް އާއި ސިޑިބަރި ހަދައިދީ ދަނޑު އަޕްގްރޭޑްކޮށްދޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލުގައި އެކޮމޮޑޭޝަން ބްލޮކެއް އަޅައި، ސިއްހީ ދާއިރާއިން ތަމްރީން ހޯދައިދިނުމަށް ވަސީލަތްތައް އިތުރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *