މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

IMG_0806

މާލެ ސިޓީގައި ދިރިއުޅޭތާ އަދި ދަފްތަރުގައި ޖެހިފައިވާތާ 20 އަހަރު ވެފައިވާ ފަރާތްތަކަށް ފްލެޓާއި ގޯތި ދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.

ގަލޮޅުގައި ކުރިޔަށްގެންދިޔަ އުފާވެރި އަމާންރާއްޖެ ކަންމަތީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މާލޭގައި މާލޭ ރައްޔިތުން ފިޔަވައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައިވާ ފަރާތްތައް އެބަ އުޅޭ ކަމަށާއި، އެފަރާތްތަކަށް ފްލެޓް އަދި ގޯތި ލިބުމަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށެވެ.

މިގޮތުން ރައީސް ސޯލިހު ވިދާޅުވީ، މާލޭގައި ދިރިއުޅޭތާ އަދި ދަފްތަރުގައި ޖެހިފައިވާ 20 އަހަރު ވެފައިވާ ފަަރާތްތަކަށް ފްލެޓާއި ގޯތި ދިނުމަށް ނިންމާފައިވާ ކަމަށާއި، މިއާއެކު އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

"މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދިމާވާ ބައެއް ދަތިތައް އެބަހުރި. މާލޭގެ ރައްޔިތުން ފިޔަވަައި މާލޭގައި ދިރިއުޅޭ އެހެން ރައްޔިތުން އެބަ އުޅޭ. އޭގެ ތެރޭގައި 20.30 އަދި 35 އަހަރު މާލޭގައި އުޅޭ މީހުން ހިމެނޭ. އެމީހުންނަށް މާލެއިން އަދި ރަށުންވެސް ގޯތި އާއި ފްލެޓް ލިބުމަށް ދަތިތަކެއް އެބަހުރި. މިގޮތުން މާލޭގައި 20 އަހަރު ދިރިއުޅޭ އަދި ދަފްތަރުގައި ޖެހިފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް އަދި ގޯތި ދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ވިނަރެސް ފްލެޓްގެ އިތުރުން އެމްޕީއެލް ފްލެޓްތަކުގެ ޑައުން ޕޭމަންޓް ބޮޑުކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި، އެކަމަށް ހައްލުތަކެއް ގެނެސް ޑައުން ޕޭމަންޓް ކުޑަކުރާނެ ކަމަށެވެ. އަދި މިއާއެކު ވިނަރެސް އަދި އެމްޕީއެލް ފްލެޓްތަކުގެ ކުއްޔަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *