ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް 12 ވޯޓު ފޮށި އިތުރުކޮށް، އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ދެވަނަ ބުރުގައި 12 ވޯޓު ފޮށި އިތުރަށް ބަހައްޓަން ނިންމާފައިވާ ކަމަށާއި، އަދި އެ ފޮށިތަކަށް ބޭނުންވާ 300 އޮފިޝަލުން ބޭނުންވާނެ ކަމަށެވެ.
މިގޮތުން އޮފިޝަލުންނަށް ވުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2023 ވާ ހުކުރު ދުވަހުގެ 15:00 ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށާއި، އަދި އެ ވޯޓު ފޮށިތައް ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައި ކަމަށް އިލެކްޝަންސް އިން ބުނެއެވެ.
އިތުރުކުރި 12 ވޯޓު ފޮށި:
- މާލޭ ރައްޔިތުންނަށް މާލޭގައި އިތުރު 3 ވޯޓު ފޮށި
- މާލޭގައި ދިރުއުޅޭ ހއ، ލ އަދި ށ އަތޮޅުގެ ރައްޔިތުންނަށް، ކޮންމެ އަތޮޅަކަށް އިތުރު 1 ވޯޓު ފޮށި
- ވިލިމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް އިތުރު ފޮއްޓެއް
- ހުޅުމާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮށި
- އިންޑިއާގެ ޓްރިވެންޑްރަމްގައި އިތުރު ފޮއްޓެއް
Post Views: 63