ރާއްޖޭގެ ގިނަ ފަންނާނުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތިބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އާއެކުކަން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާއާއެކު ފިލްމީ ފަންނާނުންނާއި, މިޔުޒިކީ ގިނަ ފަންނާނުންނާއި, ފޮޓޯގްރާފަރުންނާއި, އާޓިސްޓުން ތިބިކަން ހާމަކުރީ މިއަދު ރައީސް ސޯލިހުއާ ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި ފަންނާނުންގެ ތެރޭގައި ފިލްމީދާއިރާއާއި, މިޔުޒިކީ ދާއިރާއާއި އާޓިސްޓްންގެ ތެރެއިންވެސް އެންމެ ފުންނާބު އުސް ފަންނާނުން ހިމެނެއެވެ.
މި ބައްދަލުވުމުގައި އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް ގިނަ ބަޔަކު ނެރެދެއްވުމަށް ބާރުއަޅުއްވައިދެއްވުމަށް ފަންނާނުން ކިބައިން ރައީސް ސޯލިހު އެދިފައިވާއިރު، ފަންނާނުން ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނެރެދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
މި ބައްދަލުވުމުގައި ފަންނާނުން ވަނީ މިހިނގާ ރައީސް ސޯލިހުގެ ދައުރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި, ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތައް ކޮށްދިން ދައުރުކަން ފާހަގަކުރައްވާފައެވެ.
މި ދައުރުގެ ތެރޭގައި މިސަރުކާރުން ފަންނާނުންގެ ކުރިއެރުމަށް ކޮށްދެއްވި ކަންތައްތަކުގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހުޅުވާ ބޭނުންކުރަން ފެށުން ހިމެނޭ. ޒަމާނީ އޮލިމްޕަހުގައި ވަނީ 72 ފިލްމް ޝޯވ އާއި 21 މިޔުޒިކް ޝޯވ ދައްކާފައެވެ.
ދިވެހި ފަންނާނުންގެ ތާއީދު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih އަށް!#UfaaveriAmaanRaajje #IbuAslam2023 pic.twitter.com/S2GsqcdkB8
— Theyvees (@Theyvees_23) September 28, 2023
އޮލިމްޕަސް ތަރައްޤީކޮށްފައިވަނީ ފަންނާނުން ޕްރެކްޓިސް ކުރެވޭނެ އިންތިޒާމްތަކާއެކު. ޒަމާނީ އޮލިމްޕަސް ތަރައްޤީކުރިފަހުން އެތަން 1500 އަށްވުރެ ގިނަ ފަންނާނުން ޕްރެކްޓިސްއަށް ބޭނުންކޮށްފައިވާއިރު، ފަންނުވެރިންގެ ކުރިއެރުމަށް ފަހިކޮށްދެއްވި ފުރުޞަތުތަކުގެ ތެރޭގައި ފަންސާހަށްވުރެ ގިނަ ބައިނަލްޤްވާމީ ހަރަކާތުން 400 އަށްވުރެ ގިނަ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން ފަންނުވެރިންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް މާލީ އެހީތެރިކަން ގެންދަވަނީ ފޯރުކޮށްދެއްވަމުނއާރޓް ގެލެރީގެ ޚިދުމަތް ފުޅާކުރައްވާ 31 އަށްވުރެ ގިނަ މައުރަޒު މިދަރުގެ ތެރޭގައި ބާއްވާފައިވާއިރު، އެފުރުޞަތުތަކުގެ ބޭނުން 500 އަށްވުރެ ގިނަ ފަންނުވެރިން ވަނީ ހިފާފައެވެ. އަދި 120,000 އަށްވުރެ ގިނަ މީހުން ފަންނުވެރިންގެ މަސައްކަތްތައް ދެކިލަން ޒިޔާރަތްކުރިއެވެ.
ފަންނާނުންގެ ކުރިއެރުމަށް, ފަންނުވެރިންގެ ދާއިރާއަށް ޚާއްޞަކޮށް ކުރިއަށް އޮތް ދައުރަށްވެސް ރައީސް ސޯލިހު ވަނީ ފަންނާނުގެ އަޑު އަހައިގެން މުހިއްމު ކަންތައްތަކެއް މެނިފެސްޓޯގައި ހިމަނުއްވާފައެވެ. އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ އިންޓަރނޭޝަނަލް ޕްރޮމަޓީ (ފަންނާނުންގެ ފިކުރީ މުދާ) ހިމާޔަތްކުރުމުގެ އާ ޤާނޫނެއް ވުޖޫދުކުރުވުމާއި، މުޅި ރާއްޖޭގައި ފަންނާނުން މަސައްކަތްކުރާނެ މާހައުލުތައް ޤާއިމްކުރުމާއި, ދުނިޔޭގެ ފެންވަރުގައި ފަންނާނުންގެ ހުނަރު ދައްކާލ ކުރިއެރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ފަންނާނުންނަށް ފުރުސަތުތައް ހުޅުވާލުމަކީ މެނިފެސްޓޯގައި ހިމަނާފައިވާ މުހިއްމު ވައުދެކެވެ.