ވޯޓު ކަރުދާސް ހާމަކޮށްގެން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުން ދޫކޮށްލައިފި

F7QbDWybgAIzSJa

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ކަރުދާސް ހާމަކޮށްގެން މިހާތަނަށް 10 މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން 7 މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އަދި އެމީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ދޫކޮށްލާފައި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓު ކަރުދާސް ހާމަކޮށްގެން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *