ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ނުބައްދަލު ބާރުގެ ބޭނުން ކުރުން ކުށްވެރިކޮށް، ރާއްޖެ ދެމި އޮންނާނީ ފަލަސްތީނާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭ ކަމަށާއި، ފަލަސްތީނާއި އިޒްރޭލަކީ ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ ކަމަށެވެ.
Maldives remains in solidarity with the Palestinian people and their right to dignity and self-determination. We condemn Israel’s disproportionate use of force on defenceless Palestinian communities and renew our call for a two-state solution that ensures peace for all.
— Ibrahim Mohamed Solih (@ibusolih) October 8, 2023
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވާއިރު، އިއްޔެ މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ގާޒާގެ ހިފާފައިވާ ބިންތަކުން އިޒްރޭލުން ފައިބަން ގޮވާލާފައެވެ. އަދި ދިފާއީ ބާރު ނެތް ފަލަސްތީނުގެ ޖަމާޢަތްތަކަށް އިސްރާއީލުން ބާރުގެ ބޭނުން ކުރުންވެސް ވަނީ ކުށްވެރިކޮށްފައެވެ.