ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

V2GUklhDwQbDIBDLkXeMa4qf7EyOH9ZUSbhlTIHY-1-1024x661

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް (ޕީޖީ) އިން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ނަޝީދު މަގާމުން ވަކިކުރަން 45 އަށްވުރެ ގިނަ މެމްބަރުން ވަނީ ސޮއިކުރައްވާފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވަނީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިންތިހާބީ ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެ ރިޔާސަތު މުހިންމުކަން ފާހަގަކޮށް އަދި މެޖޯރިޓީ ޕާޓީގެ ހަައިސިއްޔަތުންވެސް މަޖިލީހުގެ ރިޔާސަތު އެމްޑީޕީއަށް މުހިންމުކަން ފާހަގަކޮށްފައެވެ.

އެމްޑީޕީން ރައީސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވާއިރު، ކުރިން ހުށަހެޅި މައްސަލަ އެކި ހުރަސްތަކާ ގުޅިގެން ކުރިޔަށް ނުގެންދެވުނެވެ. ނަމަވެސް އެ ހުރަސްތައް މިހާރު ކުރިމަތިނުވާނެ ކަމަށްވެސް އެމްޑީޕީގެ މެމްބަރުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *