ނަޝީދު ވަކިކުރުމުގެ މައްސަލަ ލިބިއްޖެ، ކުރިޔަށް ގެންދެވޭނެ: މަޖިލިސް

hq53NNKnSLI6oXzLko0chBpDdJjj662XPgfVWpDd-1024x661

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިއަދު ވަނީ ލިބިފައި ކަމަށާއި، މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފައި ވަނީ އިއްޔެއެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 އަށްވުރެ ގިނަ މެމްބަރުން ސޮއިކުރި ކަމަށް މައުލޫމާތު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *