ރާއްޖެއަށް މި އަހަރު 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

img_md_202109140425021631618702.7076-q8x1edlzw9uru144vbzkm3mqmp3vgvk1le1sc8k46o

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,412,062 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، މިއީ މިދިޔަ  އަހަރާ އަޅާބަލާއިރު 13.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 1,241,708 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެވްރެޖުކޮށް މިހާރު ދުވާލަކު 4,972 ފަތުރުވެރިިން ޒިޔާރަތްކުރާއިރު، އެވްރެޖުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން 7.6 ދުވަހު މަޑުކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިން ކަމަށްވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަދި ތިންވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *