އިންތިހާބީ ސަރުކާރު ވެެގެންދާނީ އިސްލާމް ދީނަށް އެންމެ އިސްކަންދިން ސަރުކާރަށް: ޑރ.މުއިއްޒު

muizzu-7-e1694149547726

އިންތިހާބީ ސަރުކާރު ވެގެންދާނީ އިސްލާމް ދީނަށް އެންމެ އިސްކަން ދޭ ސަރުކާރަށް ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އިންތިހާބީ ރައީސް ޑރ.މުއިއްޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ގާއިމުވާ ޕީޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓިތައް ބައިވެރިވާ ސަރުކާރު ވެގެންދާނީ އިސްލާމް ދީނާ ދިވެހިންގެ ގައުމިއްޔަތަށް އެންމެ އިސްކަން ދޭ ވެރިކަމަށް ކަމަށެވެ.

މި ގައުމުގެ އިސްތިގުލާލާއި ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަށް އިންތިހާބީ ސަރުކާރު ވެގެންދާނެ ކަމަށާއި، އަދި ދިވެހިންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭ ސަރުކާރަކަށްވެސް އިންތިހާބީ ސަރުކާރު ވެގެންދާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ވޭތުވެދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއްކަން ފާހަގަކުރައްވާ ޑރ.މުއިއްޒު ވިދާޅުވީ، މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގްތިސާދީީ ގޮތުންނާއި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް ދިމާވާ ކަމަށާއި، އެއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ގައުމު އިސްކޮށްގެން، ދިވެހިންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *