ނަޝީދު ޖަވާބުދާރީވާން ބައިގަޑިއިރު ދިނުމަށް ކޮމިޓީން ފާސްކޮށްފި

hq53NNKnSLI6oXzLko0chBpDdJjj662XPgfVWpDd-1024x661

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި އެމަނިކުފާނު ޖަވާބުދާރީވުމަށް 30 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ހުށަހެޅުން ފާސްކޮށްފައިވަނީ އިތުބާރުނެތްކަމުގެ މައްސަލާގެ ޖުމްލަ ބަހުސަށް ދެގަޑިއިރު ކަނޑައަޅައި، މަޖިލިސް ރައީސް ޖަވާބުދާރީވާން ބަހުސް ފެށުމާއި ނިންމުން އަދި މެދުތެރެއިން 10 މިނަޓުގެ ތިން ފުރުސަތު ދިނުމަށެވެ.

މީގެއިތުރުން ބަހުސްގެ ބާކީ އޮތް ދޮޅު ގަޑިއިރަކީ މަޖިލީހުގެ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުން ބަހުސްކުރަން ކަނޑައަޅާފައި އޮތް ވަގުތަށްވާއިރު، ކޮންމެ މެމްބަރަކަށްވެސް ބަހުސް ކުރަން ލިބޭނީ ތިން މިނެޓު ކަމަށްވެސް ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *