އެއާޕޯޓްތަކުގައި ޕްރެޝާ ޕެޑް ބޭނުން ކުރުން ހުއްޓާލައިފި

photo_2023-10-19_12-27-33

ހދ.ކުޅުދުއްފުށީ އެއާޕޯޓްގައި ޕްރެޝާ ޕެޑެއް ގޮވައި ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެއާޕޯޓްތަކުގައި ޕްރެޝާ ޕެޑް ބޭނުން ކުރުން ރީޖަނަލް އެއާޕޯޓްސް އިން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ، ކުޅުދުއްފުށީ އެއާޕޯޓްގައި ހިނގި ހާދިސާއާ ގުޅޭ ތަހުގީގެއް ސިވިލް އެވިއޭޝަން އޮތޯރިޓީއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި، މިގޮތުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ހުރިހާ އެއާޕޯޓްތަކުގައި ހުރި ޕްރެޝާ ޕެޑްތައް ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ފްރެޝާ ފެޑް ސިސްޓަމަކީ ފަޔާ ޑްރިލް ނުވަތަ ޓްރެއިނިންތަކުގައި، އަލިފާންނިވާ މީހުން ބޭނުންކުރާ އެއްޗަކަށްވާއިރު، ކުޅުދުއްފުށީ އެއާޕޯޓްގައި އެ ޕްރެޝާ ޕެޑް ގޮވައި ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި އެކަކުގެ ހާލު ސީރިއަސްވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *