ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަނީ ގިނަ ދުވަސްތަކެއް ވަންދެން ގުދަކޮށްފައި ހުރި ލިޔުންތަކެއް ނައްތާލާ މަންޒަރު ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބުނެފިއެވެ.
އެފްއެސްއެމް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކުންފުނީގައި ގުދަން ކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައި ހުރި ލިޔެކިޔުންތަކެއް އުސޫލުގެ ތެރެއިން ނައްތާލާފައިވާ ކަމަށާއި، އަދި އެ ލިޔުންތަކަކީ މިހާރު އެ ކުންފުންޏަށް ބޭނުންވާ ލިޔުންތަކެއް ނޫން ކަމަށެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
ސޯޝަލް މީޑިއާގައި ލިޔުންތައް ނައްތާލާ ވީޑިއޯ އެފްއެސްއެމްގެ މުވައްޒަފަކު އާންމުކޮށްފައިވާއިރު، އެ މުވައްޒަފު މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި އެ މުވައްޒަފު ސަސްޕެންޑުކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފުވުމުން ކަމަށްވެސް އެފްއެސްއެމް އިން ބުނެއެވެ.
Post Views: 62