ފެރިދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ކޮމިޝަންކޮށްފި

F9HYLibawAA35E4

އއ،ފެރިދޫގައި އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ފެރިދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ޓެސްޓު ކުރުމަށްފަހު ކޮމިޝަންވެސް ކޮށް ނިމިފައިވާ ކަމަށެވެ.

ފެރިދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކޮށް، ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމުގެ އިތުރުން ގޭގޭގައި ފެން މީޓަރުވެސް ވަނީ ހަރުކޮށް، ފެނުގެ ކަނެކަޝަންވެސް ގުޅައިދީފައެވެ.

މީގެއިތުރުން ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 5.05 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 1.07 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ އިތުރުން ގެތަކުގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މި މަޝްރޫއަށް 69.33 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *