ސިއްހީ ދާއިރާއިންދޭ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ.
ޖުމްހޫރީ މައިދާނުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްްގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއެވެ. އަދި މި ހިދުމަތަށް ކަނޑައަޅާފައިވާ 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރުގެ ނަންބަރަކީ 100 އެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
ސިއްޙީ ކުއްލި ޙާލަތެއްގައި 100 އަށް ގުޅުމުން ޕެރަމެޑިކާއެކު އެކްސިޑެންޓު ހިނގާފައިވާ ތަނަށް ނުވަތަ ބަލި މީހާ އޮތް ސަރަޙައްދަށް ގޮސް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ބަލިމީހާ ސްޓޭބަލައިޒްކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ހިދުމަތް ދޭނީ އޮޕަރޭޝަންސް ސެންޓަރާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ގުޅިގެން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
Post Views: 68