ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބޭއްވޭތީ އެމްޑީޕީން އިހުތިޖާޖުކުރަނީ!

F9laaTCa4AAIlwU

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބޭއްވޭތީ އެމްޑިޕީގެ މަޖިލިސް މެމްބަރުން ތަޅުމުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެމްބަރުން ކުރިޔަށް ގެންދާ އިހުތިޖާޖުގައި ރައީސް ނަޝީދު އާއި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާ އަދި އަމީން އާންމު ފާތިމަތު ނިއުޝާގެ އިސްތިއުފާއަށް ގެންދަވަނީ ގޮވާލައްވަމުންނެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނޯޓިސް ދިނުމަށްފަހު މިއަދަށް ޖަލްސާ އެޖެންޑާ ކުރި ނަމަވެސް، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ނައިބްރައީސް އީވާ އަބްދުﷲ ސަލާމް ބުނުމުން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީ މެމްބަރުން ސުޕްރީމް ކޯޓަށް ދިޔުމަށް މަޝްވަރާ ކުރަމުން އަންނައިރު، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންދަން އެއްބާރުލުން ނުދޭން އެމްޑިޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *