އަންނަ އަހަރަށް 46.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ގާނޫނު އަސާސީގެ 69 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުއެވެ.
ދައުލަތުގެ މާލިއްޔަތު ގާނޫނު (ގާނޫނު ނަމްބަރު 3/2006) އަދި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު (ގާނޫނު 7/2013) އާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓާ ގުޅޭ ތަފްސީލްވެސް ވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައެވެ.
Post Views: 51