ތިލަފުށި ފޭސް 2 ގެ އޭރިއާ ބީ ހިއްކައި، އޭރިއާ އޭ ހިއްކަން ފަށައިފި

WhatsApp Image 2023-10-31 at 15.38.14

ތިލަފުށީ ފޭސް 2 ހިއްކުމަށް ކަނޑައޅިފައިވާ އޭރިއާތަކުގެ ތެރެއިން ފުރަމަތަމަ އޭރިއާ (އޭރިއާ ބީ) ހިއްކުމުގެ މަސައްކަތް ނިމިއްޖެއެވެ.

އާބަންކޯއިން ބުނީ، ތިލަފުށީގެ ފޭސް 2 ހިއްކުމުގެ މަސައްކަތްތަކުގެ ދަށުން އޭރިއާ އޭގައި ހިމެނޭ 39.6 ހެކްޓަރުގެ ސަރަހައްދު ހިއްކައި ނިންމާފައިވާ ކަމަށާއި، އަދި މިހާރު ކުރިޔަށްދަނީ އޭރިއާ އޭ ހިއްކުމުގެ މަސައްކަތް ކަމަށެވެ.

މިގޮތުން އޭރިއާ އޭ ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި، އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 71.5 ހެކްޓަރ ގެ ސަރަހައްދެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ތިލަފުށީގެ ސިނާއީ މަޝްރޫއަކީ ދިވެހި ސަރުކާރުގެ ލަފަޔާއި އިރުޝާދުގެ ދަށުން އަރބަންކޯއިން ކުރިއަށް ގެންދާ މަޝްރޫއުއެއްކަން ފާހަގަކޮށް އާބަންކޯއިން ބުނީ، ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަރ ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށްށާއި ވިޔަފާރިގޭ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ތަރައްގީގެ މަސައްކަތްތަކާއި އިގްތިސާ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެއެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ، ވިލިމާލެ، އަދި ގުޅީފަޅު ތިލަފުށްޓާއި ގުޅުވާލެވުމުން މި ސަރަހައްދަށް އިގްތިސާދީ ގޮތުން އިންގިލާބީ ކުރި އެރުންތަކެއް އަންނާނެ ކަމަށް އާބަންކޯއިން ބުނެއެވެ. .

Leave a Reply

Your email address will not be published. Required fields are marked *