މަހުގެ އަގު ކުޑަކުރުމަށް ނުނިންމާ: މިފްކޯ

251247_3_ce802db0a21fcea3556e0fadb649f6628d1c3c0e_large

މަހުގެ އަގު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިފްކޯއިން ދޮގުކޮށްފިއެވެ.

ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 އިންސައްތަ ޑިއުޓީ ކަނޑާލަން ސަރުކާރުގައި ޔޫރަޕިއަން ޔޫނިއަންާއެކު ކުރެވުނު ގިނަ މަޝްވަރާތައް ޕޮޒިޓިވްވެފައިވާތީ މިދިޔަ ސެޕްޓެމްބަރު މަހުގައި މަސް ކިލޯއެއްގެ އަގު 17 ރުފިޔާ އިން 25 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މަހުގެ އަގު ބޮޑުކުރި ދުވަހުން ފެށިގެން މިފްކޯއިން ދަނީ މަސްވެރިން އަތުން ސަރުކާރުން ނަގަން ނިންމި އަގަށް މަސް ގަންނަމުން ކަމަށާއި، އަދި އަގު ކުޑަ ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމުގެ ޔަގީންކަން މަސްވެރިންނަށް އަރުވާކަމަށެވެ.

މީގެއިތުރުން މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާއަކުން މިފްކޯއާއެކު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިފްކޯގެ އެކި ސެންޓަރުތަކުން ދުވާލަކު އެވްރެޖުކޮށް 450 ޓަނަށްވުރެ ގިނަ މަސް ކޮންމެ ދުވަހަކު ގަންނަމުންދާ ކަމަށާއި، އަދި މަސްވެރިން އަތުން ގަންނަ މަހަށް ވީ އެންމެ އަވަހަށް ފައިސާ ދޫކުރަން އިސްކަންދޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *