އާބަންކޯގެ ޑެންގީ އިޖާބަ ކެމްޕޭނުގެ ދަށުން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

350508_3_6d5f5de325f060c42393fcb86e624b86e7f370eb_large

އާބަންކޯ އިން އިސްނަގައިގެން، ހުޅުމާލޭގައި މަދިރި ނައްތާލުމަށް ހިންގާ 'ޑެންގީ އިޖާބަ' ކެމްޕެއިން އާ ގުޅިގެން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ، މަދިރި ނައްތާލުމާއި ޑެންގީ އިން ރައްކާތެރިވުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.

'ޑެންގީ އިޖާބަ' މި ތީމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިން ހުށަހަޅާ ކުރެހުމުގައި ހުންނަންވާނީ ޑެންގީ އިން ރައްކާތެރިވުމާ ގުޅުންހުރި ކަންތައްކެއް ކަމަށާއި، މިގޮތުން ޑެންގީ އިން  ރައްކާތެރިވާނެ ގޮތްތަކާއި، އެކަމާ ގުޅޭ މައުލޫމާތު ނުވަތަ މުޖުތަމައު ހޭލުންތެރި ކުރުމަށް ބާރުއަޅާ ކަންތައްތައް ހިމެނިދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މި މުބާރާތުގައި ހުށައަޅާ ކުރެހުންތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، އާބަންކޯއިން ބުނީ، އެއް ވަނަ އަށް ހޮވޭ ކުރެހުމަކަށް ކަނޑައެޅިފައި ވަނީ 3000 ރުފިޔާ ކަމަށާއި، ދެ ވަނަ އަށް 1500 ރުފިޔާ، އަދި 3 ވަނަ އަށް 500 ރުފިޔާގެ އިނާމެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހު 9:00 އާއި 14:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަން އެ ކޯޕަރޭޝަނުން އެދެއެވެ.

މަދިރި އާލާވުން ހުއްޓުވުމަށާއި، މަދިރި ނައްތާލުމަށް އާއްމުންނާ ގުޅިގެން އާބަންކޯއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އާބަންކޯގެ ޓީމު ކެނޑިނޭޅި މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަން އެ ކޯޕަރޭޝަނުން އަރުވައެވެ.

 

މުބާރާތުގައި ބައިވެރިވާން އެދޭ ރަޖިސްޓްރޭޝަން ފޯމް: https://forms.gle/poqjXXwiyy6c9WcM9

Leave a Reply

Your email address will not be published. Required fields are marked *