ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ ގަރާރެއް 50 މެމްބަރުންގެ ސޮޔާއެކު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ސޮއި ހަމަކޮށް ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދަން ފުރުސަތު ނުދެއްވާތީ އަދި މަޖިލީހުގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކި ދުވަސް މަތިން އެޖެންޑާކޮށް ކުރިޔަށް ގެންދެވޭނެ މަގެއް ހޯދިފައިނުވާއިރު، މައްސަލަ ކުރިޔަށްގެންދަން ރިޔާސަތު ކޮންޓްރޯލް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ވަނީ ތަކުރާރުކޮށް ހުރަސްއަޅާފައެވެ. އަދި ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށްފަ ނޫނީ މަޖިލިސްގެ އެއްވެސް ޖަލްސާއަކަށް އެއްބާރުލުން ނުދޭން އެމްޑީޕީން ވަނީ ނިންމާފައެވެ.