ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް 49 މެމްބަރުން ސޮއިކުރައްވާ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނިކޮށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތާ ގިނަ ދުވަސްވެފައިވާއިރު، އެ މައްސަލަ ކުރިޔަށް ނުގެންދެވުނީ މަޖިލީހުގެ ރިޔާސަތު ކޮންޓްރޯލް ކުރަމުން ގެންދާ ޑިމޮކްރެޓްސް އިން ފުރުސަތު ދީފައިނުވާތީއެވެ.
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާއިރު، މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު 50 މެމްބަރުންގެ ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.
Post Views: 61