އިމާމުންނަށް ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ އިމާމުންނަށް ބޭރުގެ ޔުނިވަރސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
މީގެ އިތުރުން މިޞްރާއި، ސަޢުދީ އަރަބިއްޔާއާއި، މެލޭޝިޔާއާއި، ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު އިމާމުންނަށް ހޯދައިދެވޭނެ ކަމަށްވެސް ޝަހީމް ކުރެއްވި ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ.
Post Views: 62