ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ބަލާނީ 16 އަހަރުން ދަށްކަމަށް ކަނޑައަޅައިފި

live_148947821543IpR6

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން މީގެފަހުން ފަރުވާދޭނީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ހެލްތު މިނިސްޓްރީން ކަނޑައަޅައި، އެ އުސޫލަށް އަމަލު ކުރަން އަންގައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ބެލުމާއި، ފަރުވާ ދިނުމަށް ވަކި އުމުރުފުރާއެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމަކަށްވާތީ، އެ އުމުރަކީ 16 އަހަރުން ދަށް ކަމަށް ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން އެ ޑޮކްޓަރުންގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފު ނުވާ ގޮތުގެމަތިން، 16 އަހަރުން މަތީ އުމުރުގެ ކުދިން/މީހުން ބެއްލެވުމާއި ފަރުވާ ދެއްވުމުގައި ހުރަހެއް ނެތްކަމަށެވެ.

މީގެއިތުރުން އެހެނިހެން ސްޕެޝަލިޓީ/ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ސްޕެޝަލިޓް ޑޮކްޓަރުންނަކީ އެ ދާއިރާއަކުން ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުން ކަމުގައި ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބަލާ، އެކުދިންނަށް ފަރުވާ ދެވިދާނެކަންވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *