ގދ.ތިނަދޫ އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކެމްޕަސްއެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފިއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ހަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަލީ ޒާހިރު އެވެ.

ތިނަދޫގައި އައިޔޫއެމްގެ ކެމްޕަސްއެއް ހުޅުވުމުގެ ބޭނުމަކީ ދެކުނުން މާލެ ނައިސް އިސްލާމީ ކޯސްތައް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
Post Views: 92