ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ތޮލާލް އައްޔަނުކުރައްވައިފި

330191_24a27c66-0_

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް، ގަލޮޅު ފިނިވިލު މުޙައްމަދު ޠަލާލް ޢައްޔަން ކުރައްވައިފިއެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބްރައީސްކަން ކުރައްވަމުން ގެންދަވާ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ތޮލާލް އައްޔަނު ކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ. އަދި މިއީ މިނިސްޓަރު ފެންވަރުގައި ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ބޭފުޅަކު އައްޔަނު ކުރެއްވި ފުރަތަމަ ފަހަރެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްކަމުގައި ތިންވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދެވި ތޮލާލް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެސޯސިއޭޝަނުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އޮލިމްޕިކް ކޮމިޓީގެ ނައިބްރައީސްކަމުން އިސްތިއުފާ ދެއްވުމަށް ތޮލާލް އަދި ނިންމަވާފައެއް ނުވެއެވެ.

ކުޅިވަރަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވަމުން ގެންދަވާ ތޮލާލް އަންނަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *