ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، 'ހަފްތާ 14′ ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސް އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްޞާކުރައްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުން މަޝްވަރާކުރެއްވިއެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
'ހަފްތާ 14′ ގައި ޖުމްލަ 161 ވައުދު ހިމެނޭއިރު އޭގެ ތެރެއިން 61 ވައުދަކީ އިޖުތިމާއީ ދާއިރާގެ ތެރޭގައި ހިމެނޭ ވައުދުތަކެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުން ވަނީ، 'ހަފްތާ 14′ ތަންފީޒުކުރުމަށް އެވުޒާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.