އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދު އަށް ސަޕްލައި ފެނުގެ ހިދުމަތް މެދުކެނޑިފައިވާތާ ތިން ދުވަސްވެފައިވާއިރު، މައްސަލަ އަދިވެސް ހައްލު ނުކުރެވޭ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނީ، ފެނުގެ ހިދުމަތް މެދުކެނޑިފައި ވަނީ ސްޕެއާ އަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، އެ ސްޕެއާ ގެނެސްގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ދިމާވި ސްޕެއާ އައްޑޫއަށް އިއްޔެ ގެންދިޔަ ނަމަވެސް އެއަށް މައްސަލަތަކެއް ދިމާވުމުން އައު ސްޕެއާއެއް އެމްޑަބްލިއުއެސްސީ އިން ހޯދައިގެން ފޮނުވަން ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫގެ ބައެއް ގެތަކުގައި ވަޅުފެން ބޭނުން ކުރާއިރު، ގިނަ ބަޔަކު ބޭނުން ކުރަނީ ސަޕްލައި ފެނެވެ. މިގޮތުން ރިޒާވުގައި ހުރި ފެން ހުސްވެ ބައެއް ގެތަައް މިހާރު ވަނީ ފެނަށް ޖެހިފައެވެ.