ސަރުކާރުން ކުރިޔަށްގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2 ގައި ހަދަމުންދާ ފްލެޓްތަކުގެ އެކްސްޕީރިއަންސް ޔުނިޓްތައް ބަލާލަން ބޭނުންވާ އާންމުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ބުނީ، މިއަދު މެންދުރު 2 އިން ހަވީރު 4 އަށް އަދި މާދަމާއިން ފެށިގެން މެންދުރު 2 އިން އިރުއޮއްސި 6 އަށް ޔުނިޓްތައް ދައްކާލުން ކުރިޔަށްދާނެ ކަމަށެވެ. އަދި އާންމުންނަށް ދައްކާލާނީ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓްތައް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލޭގައި ސަރުކާރުން އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އޭގެ ތެރެއިން 12 ޓަވަރުގެ މަސައްކަތް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.
Post Views: 100