ބަންގްލަދޭޝް ލޭބަރުން ރާއްޖެ އަލުން ގެނެވޭ ގޮތަށް ސަރުކާރުން ނިންމުމާއެކު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަން-ސްކިލްޑް ބިދޭސީން އެކަނި ރާއްޖެއަށް ގެނައުމަށް ނިންމި ނިންމުމަކީ އެމްޕްލޯއީމަންޓް ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި، އެކަން ކުރުމަށް ފުރަތަމަ ޖެހޭނި ގާނޫނު ބަދަލު ކުރަން ކަމަށެވެ.

Today’s decision by @presidencymv to allow ONLY unskilled Bangladesh workers into Maldives is a clear violation of the Employment Act. They must first change the law. The below report is very clear on the current number of expat workers in Maldives and nationalities. https://t.co/3ryQT8yjGJ pic.twitter.com/mdr9Wy6eXc
— Fayyaz Ismail (@faya_i) December 17, 2023
ގާނޫނުގައި މިހާރު އޮތް ގޮތުން އެއް ގައުމަކުން ރާއްޖެ ގެނެވޭނީ އެންމެ ގިނަވެގެން އެއް ލައްކަ މީހުން ކަމަށްވާއިރު، އެ އަދަދަށްވުރެ ގިނައިން މިވަގުތުވެސް ބަންގްލަދޭޝް ލޭބަރުން ރާއްޖޭގައި އުޅެއެވެ.
"2019 ގައި ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ މުޑުދާރު ވިޔަފާރިއެއް ބަޔަކު ކުރަމުންދިޔަ. 5 އަހަރު ހުއްޓުވާފަ އޮވެ އަލުން ޤާނޫނާ ހިލާފަށް މިކަން ހުޅުވާލުމަކީ ޤައުމީ ސަލާމަތަށް އަދި ދިވެހި އިޤްތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރިނުރައްކަލެއް" ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ކޯޓާ ދޫކުރުން އަދި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގަ އޮވެ، ކޯޓާ ފްރޯޑް ތުހުމަތުގަ ޕޮލިސްގަ ކޭސް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާ ކަންކަން ހަވާލުކޮއް ޤާނޫނުގަ ކަނޑައެޅިފަވާ އަދަދު ހަމަވެފަވާ ޤައުމަކުން ޤާނޫނާހިލާފަށް ހަމައެކަނި މީހުން އެތެރެކުރަން ނިންމީމަ ވަރައްސުވާލު އުފަދޭ
— Fayyaz Ismail (@faya_i) December 17, 2023
ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން ހުއްޓުވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. ނަމަވެސް ހޯމް ލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓްރީން މިއަދު ވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ހަމަޖައްސައި، އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލާފައެވެ.