ލ. އަތޮޅުގެ ފަސް ރަށެއްގައި ކޯޒްވޭ އަޅަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ކަލައިދޫ-ދަނބިދޫ ކޯޒްވޭ އަޅަން ހަވާލުކުރީ 155.9 މިލިއަން ރުފިޔާ އަށް 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި، އަދި ހިތަދޫ އާއި މެންދޫ އަދި ކުނަހަންދޫ ކޯޒްވޭ އަޅަން ހަވާލުކުރީ 500 ދުވަހުން ނިންމާ ގޮތަށް 81.2 މިލިއަން ރުފިޔާއަށް ކަމަށެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
މި ފަސް ރަށް ގުޅުވާލުމަށް ޖުމްލަ 237.1 މިލިއަން ރުފިޔާއެވެ.
ލ.އަތޮޅުގެ މި ފަސް ރަށް ގުޅުވާލުމަކީ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ.
Post Views: 48