ސަންގު ޓީވީން އިންތިޒާމުކޮށްގެން މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާ ފަސް ކެންޑިޑޭޓުންގެ މެދުގައި ބާއްވާ "ސަންގު ބަހުސް" ގައި ބައިވެރިނުވާނެކަން އިއުލާންކޮށް، ޕީއެސްއެމް އިން އިންތިޒާމުކުރާ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަންގު ޓިވީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ބަހުސްގައި އަޅުގަނޑު ބައިވެރިނުވާނެ ކަމަށްވާނީ އެފަރާތަށް މީގެ ދެދުވަސްކުރިން އަންގާފަައި ކަމަށާއި، ސަބަބަކީ ސަންގުޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އެދިފައިވުމާއެކުވެސް އެކަމަށް އެއްވެސް އިޖާބައެއް ނުލިބުމުން ކަމަށެވެ.
ސަންގު ޓިވީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ބަހުސްގައި އަޅުގަނޑު ބައިވެރިނުވާނެ ކަމަށްވާނީ އެފަރާތަށް މީގެ ދެދުވަސްކުރިން އަންގާފައެވެ. ސަބަބަކީ ސަންގުޓީވީ ބަހުސް މިނިވަން ކަމާއެކު ކުރިއަށް ގެންދިއުމަށް މިނިވަން މޮޑާރޭޓަރެއް ބަހައްޓައިދިނުމަށް އަޅުގަނޑު…
— Adam Azim (@adamazim) December 18, 2023
"އިންތިހާބު އޮންނަދުވަސް ކުޑަތަންވެފައިވަނިކޮށް ހަތަރު ދުވަހަށް ދިގުދެމިގެންދާ ބަހުސެއްގައި ބައިވެރިވުމަކީ ކެންޕޭނުގައި ދެންކުރަން ހުންނަކަންތައްތަކަށް އަސަރުކުރާކަނެކަމެއް" އާޒިމް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.
މީގެއިތުރުން އާޒިމް ވަނީ ޕީއެސްއެމްއިން 6 ޖެނުއަރީ 2023 ގައި ބޭއްވުމަށް އިންތިޒާމްކުރާ ބަހުސްގައި ބައިވެރިވުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާފައިކަންވެސް އިއުލާން ކުރައްވާފައެވެ.