ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުގީގުކުރަން މަޖިލީހުން އެދިއްޖެ

large_163133811060Fb1r

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުން ރައްޔިތުންގެ މަޖިލީހުން ކުށްވެރިކޮށްފިއެވެ.

މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް އެދި ފުލުހުންނަށް ވާނީ ހުށަހަޅާފައި ކަމަށާއި، އަދި އެ މެމްބަރުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ދިފާއީ ވުޒާރާގައިވެސް ވާނީ އެދިފައި ކަމަށެވެ.

މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރު ދީފައި ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރުމާ ގުޅޭ މައްސަލައެއް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *